'ގެދޮރުވެރިޔާ' ސްކީމުގެ 4000 ފްލެޓު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއެކު މި ހަފްތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓު ހަވާލުކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މި ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރުމަށް ފުރުސަތު ހުޅުވާލާލައިގެން ބާއްވަމުންދާ ސިލްސިލާ ޕްރޮގްރާމް "އަހާ" ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
މި ފޯރަމްގައި ފްލެޓުތަކުގެ އެގްރީމެންޓުތައް އޮތީ ކިހާ ހިސާބަކުތޯ އާއި ފްލެޓުތައް ހަވާލުކުރެވޭނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން ޖަވާބުގައި މުއްތަލިބު ވިދާޅުވީ، ކުރިން ވެސް ނިންމާފައިވާ ގޮތަށް މި މަސް ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި އެ މަސައްކަތް ލަސްވެފައިވަނީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ކަންކަން ކުރިއަށްދާތީކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގްރީމެންޓުގައި ސޮއިކުރަން ބައެއް މީހުންގެ ލިސްޓުތަކެއް މިހާރު ފައިނަލް ވެސް ކުރެވިފައިވާ ކަމަށާއި، އެކަމަކު އޭގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތަކެއް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި ހަފްތާގެ ތެރޭގައި އެ މަސައްކަތްތައް ނިންމައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފެށޭނެ ކަމުގެ ޔަގީންކަން މުއްތޮލިބު ވަނީ ދެއްވާފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ތަނެއް ހަމަޖައްސައި އެތަނުގައި ޓެންޓު ޖަހައި، ތަން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް އެބަ ގެންދާކަމަށް މުއްތޮލިބު ވިދާޅުވިއެވެ.
"އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ޓާގެޓަކީ އެ ހުރިހާ އިންތިޒާމުތައް ހަމަޖައްސައި އަންނަ ހަފްތާގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރަން ފެށޭވަރުވާނެ ކަމަށް،" މުއްތޮލިބު ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓް ކުރީ ސަރުކާރުގައި ވެސް އެކުލަވާލިއެވެ. ނަމަވެސް، އެ ލިސްޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ހާމަވެގެން މި ސަރުކާރުންވަނީ އަލުން ލިސްޓް އެކުލަވާލާފައެވެ. އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު