ސަރުކާރުން ހުށަހަޅަންވީ "ކުރީ ސަރުކާރު" ކިޔާ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
އަމީން މިބީދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ. އެގޮތުން އަމީން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިހާރު ފެންނަމުން ދަނީ ޒިންމާއިން ރެކެން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.
އަދި ސަރުކާރަށް ކަންކަން ނުކުރެވުމުން، ނުވަތަ ކަމެއް ފުރިހަމަ ނުކުރެވުމުން އެއީ ކުރީ ސަރުކާރުގެ ސަބަބުން ވީކަމެއް ކަމަށް ބުނަމުންދާކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މިހާރު ހުށައަޅަންވީ ކުރީ ސަރުކާރު ކިޔާ ބިލެއް ކަމަށް މިއަދުގެ ޖަލްސާގައި އަމީން ވަނީ ވިދާޅުވެފައެވެ.
“ކުރީ ސަރުކާރު ކިޔާ ބިލެއް ހުށަހަޅަންވީ ޒިންމާ ހިމާޔަތް ކުރަން. އެއްވެސް ޚިދުމަތެއް ނުދީ ސަރުކާރަށް ނިސްބަތްވާ މީހަކު ނޫނިއްޔާ ތަރައްޤީން ވެސް އެކަހެރިކޮށްފަ. ޖަވާބުދާރީވާން ނުޖެހޭނެ ބިލަކާ މިކަހަލަ ބިލެއް އަޅުގަނޑުގެ ދާއިރާއަށް މި ވަގުތަށް އެންމެ މުހިންމީ.” އަމީން ވިދާޅުވިއެވެ.
ހަމައެއާއެކު މި ގައުމަކީ 21 ވަނަ ގަރުނުގެ ވާހަކަދައްކަމުން 21 ވަނަ ގަރުނުގެ ޚިދުމަތް ނުލިބޭ ޤައުމެއް ކަމަށް އަމީން ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެންމެ މަތިން ފެށިގެންވެސް ފެންނަނީ އޮޅުވާލުމާއި ޒިންމާ އާއި އެއްގޮތަށް މަސައްކަތް ނުކުރާ މަންޒަރު ކަމަށް މިއަދުގެ ޖަލްސާގައި އަމީން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު