ސްކޫލެއްގެ ސްޕޯޓްސް ޑޭ ހަރަކާތެއްގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ
ސްކޫލެއްގެ ސްޕޯޓްސް ޑޭ ހަރަކާތެއްގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ
އަންނަ އަހަރުގެ ދިރާސީ އާ އަހަރު ސަރުކާރުގެ ސަކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހުޅުވާލާފަވަނީ 15 ޖުލައިން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށްކަމަށެވެ.

މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށްވެސް، އަދި ހަމަ އެހެންމެ އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމަށްވެސް މި މުއްދަތުގައި ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްކޫލަށް ދަރިވަރުން ވެއްދުމަށް، ނުވަތަ ސްކޫލު ބަދަކު ކުރުމަށް ބޭނުންވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް ބެލެނިވެރިންނަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ހިނގަމުންދާ ދިރާސީ އަހަރުގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް 2000އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައި ވެއެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 5000 އަށްވުރެ ގިނަ ކުދިން ގްރޭޑް އެކަކަށް ވަނީ ވައްދާފައެވެ.

އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފެށޭނީ ޖަނަވަރީ މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް