އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ރަންރީނދޫ" ދުވުން މީގެ ކުރިން ހުޅުމާލޭގައި ބާއްވަން އުޅުނު ނަމަވެސް، އެ ފުރުސަތު ސަރުކާރުން ނުދިނުމުން އެ ދުވުން މާލޭގައި ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވީ ރީތި ގޮތުގައި ދުވުން ހުޅުމާލޭގައި ބާއްވަން އުޅުމުން އެ ފުރުސަތު ދީފައި ނުވާތީ، ދުވުން މާލޭގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދުވުން އޮންނާނީ 25 ޖުލައި ވާ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިވަން ކަމަށާއި އަދި ޑިމޮކްރަސީއަށް ލޯބި ކުރާ އެންމެހާ ރައްޔިތުން މި ދުވުމުގައި ބައިވެރިވެދެއްވުމަށް އެދި އައިކް ވަނީ ގޮވާލައްވާފައެވެ.
އެމްޑީޕީން އިތުރަށް ބުނީ މި ދުވުން ބާއްވަން އެޗްޑީސީން ހުއްދަ ނުދިން މައްސަލަ މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އެގޮތުން އެޕާޓީން އީސީއަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީއާ މަޝްވަރާ ކޮށްގެން ރަންރީނދޫ ދުވުން އެ ޕާޓީއަށް ހުޅުމާލޭގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު