ޑޮލަރުގެ އަގު ބޮޑުވެ، އާންމުންނާއި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވެފައިވާތީ އެކަމާ ބެހޭގޮތުން ގަވަރުނަރާ މަޝްވަރާކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ސިޓީއަކުން އެދިއްޖެއެވެ.
ޕީޖީ ގްރޫޕްގެ ފަރާތުން ގަވަރުނަރަށް މި ސިޓީ ފޮނުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ.
އޭނާ މީސްމީޑިއާގައި އާންމު ކުރައްވާފައިވާ އެ ސިޓީގައި ބުނެފައިވާ ގޮތުގައި މިއަހަރު ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، އިންސާފުވެރިކަމާއި އިހުލާސްތެރިކަމާ އެކު ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ކަޅުބާޒާރެއް ރަސްމީކޮށް ވަނީ އުފެދިފައެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އިންސައްތަ ވެސް 60 އިން 90 އިންސައްތައަށް ބޮޑުކުރުމާ އެކު ވިޔަފާރިވެރިންނަށް މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރު ލިބުން އިތުރަށް ދަތިވެފައިވާކަމަށް ސިޓީގައި ވަނީ ބުނެފައެވެ.
އަދި ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އަންނަމުންދާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، މިފަދަ ދަނޑިވަޅެއްގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ ގަވާއިދުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވާކަން ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީ ޕީޖީން ބުނެފައިވަނީ އެއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެއް ކަމަށާއި މި މައްސަލައިގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލިފައިވާކަމަށެވެ.
އެހެންކަމުން އެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްލުމަށް ގަވަރުނަރުގެ އެޕޮއިންޓްމަންޓަކަށް ސިޓީގައި ވަނީ އެދިފައެވެ.
ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެފައިވާއިރު މިހާރު ޑޮލަރު ގަންނަން ލިބެނީ 20 ރުފިޔާއަށްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިހާތަނަށް މިކަމުގައި އެމްއެމްއޭއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޑޮލަރު ލިބުން ދަތިވުމާއި، ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، މިކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްލުމަށް ޓަކައި، @MDPSecretariat ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން ވާނީ @MMA_Maldives ގެ ގަވަރުނަރު އަލްފާޞިލް އަޙުމަދު… pic.twitter.com/JojUT8Azd4
— MohamedKudu (@mohamedkudu) July 16, 2025
އަދި ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އަންނަމުންދާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، މިފަދަ ދަނޑިވަޅެއްގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ ގަވާއިދުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވާކަން ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީ ޕީޖީން ބުނެފައިވަނީ އެއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެއް ކަމަށާއި މި މައްސަލައިގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލިފައިވާކަމަށެވެ.
އެހެންކަމުން އެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްލުމަށް ގަވަރުނަރުގެ އެޕޮއިންޓްމަންޓަކަށް ސިޓީގައި ވަނީ އެދިފައެވެ.
ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެފައިވާއިރު މިހާރު ޑޮލަރު ގަންނަން ލިބެނީ 20 ރުފިޔާއަށްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިހާތަނަށް މިކަމުގައި އެމްއެމްއޭއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު