ރާއްޖެ އިގުތިސާދީ ވަޅުގަނޑަކަށް ވެއްޓި ބަނގުރޫޓުވާއިރު ގަވަރުނަރު ހަނު ހުންނެވުމަކީ އިހުމާލެއްކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ އަގު ކަޅުބާޒާރުގައި 20 ރުފިޔާއަށް އުފުލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޑޮލަރުގެ އަގު ދިވެހި ތާރީޚުގައި ވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި, ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި, ޤައުމު މިދަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން ހާލުގައި ޖެހި, އިޤްތިޞާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރުވެސް އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވުމަކީ ޣައިރު ޒިންމާދާރު އަދި ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.
އަދި މި ޙާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ގަވަރުނަރަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. އަދި ޤައުމު ބަނގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭ އިން އަޅާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް ޝާހިދުގެ ޕޯސްޓުގައި ވަނީ ގޮވާލައްވާފައެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ބުނިނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ އަގު ދަނީ ދުވަހެއް ދުވަހަކަށް މައްޗަށްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޑޮލަރުގެ އަގު 20 ރުފިޔާއަށް އެރިއިރު ވެސް އެމްއެމްއޭއިންނާއި ގަވަރުނަރު ވެސް މިކަމުގައި އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޑޮލަރުގެ އަގު ދިވެހި ތާރީޚުގައިވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި, ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި, ޤައުމު މިދަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުން. ގައުމު މިދަނީ ބަގުރޫޓު ވަމުން.
— Abdulla Shahid (@abdulla_shahid) July 17, 2025
ރައްޔިތުން ހާލުގައި ޖެހި, އިޤްތިޞާދީ ބޮޑު…
އަދި މި ޙާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ގަވަރުނަރަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. އަދި ޤައުމު ބަނގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭ އިން އަޅާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް ޝާހިދުގެ ޕޯސްޓުގައި ވަނީ ގޮވާލައްވާފައެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ބުނިނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ އަގު ދަނީ ދުވަހެއް ދުވަހަކަށް މައްޗަށްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޑޮލަރުގެ އަގު 20 ރުފިޔާއަށް އެރިއިރު ވެސް އެމްއެމްއޭއިންނާއި ގަވަރުނަރު ވެސް މިކަމުގައި އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު