ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރު 10 އިންސައްތައަށް ބޮޑުކުރަން އެމްއެމްއޭއިން ނިންމައިފިއެވެ.
ވިޔަފާރިތަކުން ބޭރުން މުދާ ގެނައުމަށް ފައިސާ ދައްކަން ޓީޓީ ހެދުމަށާއި އެލްސީ ޕޭމަންޓުތަކަށް ބޭންކުތަކުން ދޫކުރާ އެމެރިކާ ޑޮލަރުގެ އަދަދު 10 އިންސައްތަ ބޮޑު ކުރުމަށް އެމްއެމްއޭއިން ނިންމާފައިވަނީ މި ހަފްތާއިން ފެށިގެންނެވެ.
މިބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 އިންސައްތަ އަށް އިތުރު ކުރުމަށް މަގުފަހިވެގެން ދާނެކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އަދި މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 އިންސައްތައިން 90 އިންސައްތަ އަށް ވަނީ މަތިކޮށްފަ އެވެ. ނަމަވެސް އެމްއެމްއޭއިން ބުނީ، ބޭންކުތަކުން އިތުރަށް މާރުކުރާ މި 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުން ކަމަށެވެ.
އެމްއެމްއޭއިން ބޭންކުތަކަށް އަނބުރާ ވިއްކާ 30 އިންސައްތަ ބޭނުން ކުރެވެނީ، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުންފަދަ ކަންކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ.
އެމްއެމްއޭން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 އިންސައްތައަށް ބޮޑުކުރުމަކީ އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު