ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެ ފޭސް2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި ކަމަށެވެ.

“މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.” ސްޓެލްކޯއިން ބުނެފައިވެއެވެ.



ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް ބުނެފައެވެ.

ސްޓެލްކޯއިން ދަނީ މާލެ ސަރަހައްދުގައި ފެންވަރު ރަނގަޅު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް