މިއަދުވެސް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި ބައްދަލު ނުވުމުން އެމަނިކުފާނު ފިއްލެވީ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅު ކުރަށްވައިފިއެވެ.
އެމްޑީޕީގެ މަޖިލީސް މެންބަރުން ގަވަރުނަރާ ބައްދަލު ކުރުމަށް އެމްއެމްއޭ އަށް އެންމެ ފުރަތަމަ ދިޔައީ އިއްޔެއެވެ. ނަމަވެސް އިއްޔެ ގަވަރުނަރާއި ބައްދަލު ނުވުމުން މިއަދު 11 ޖަހާއިރު އެމްއެމްއޭ އަށް ދާނެކަމަށް މެންބަރުން އިއްޔެ ވަނީ އިއުލާނު ކުރަށްވާފައިވެއެވެ.
އެގޮތުން ކުރިން ވަގުތު އިޢުލާނު ކުރުމަށްފަހު ގަވަރުނަރާ ބައްދަލު ކުރުމަށް އެމްޑީޕީގެ މެންބަރުން މިއަދު އެއްއެމްއޭ އަށް ދިއުމުންވެސް ގަވަރުނަރާއި ބައްދަލުވާގޮތް ވަނީ ނުވެފައެވެ. އެކަމާގުޅިގެން އެމްޑީޕީގެ މެންބަރުން ވިދާޅުވީ ގަވަރުނަރަށް އެމްޑީޕީގެ މެންބަރުންނަށް ފިއްލަވައިގެން ނޫޅުއްވެވޭނެ ކަމަށާއި، ގަވަރުނަރާ ބައްދަލުވަންދެން ކޮންމެ ދުވަހަކު އެމްއެމްއޭ އަށް ދާނެކަމަށެވެ.
މިއަދު އެމްއެމްއޭ ކައިރީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެމްޑީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރަން ޖެހުނު ސަބަބު އެމްއެމްއޭ އިން ސާފުކޮށް ނުދިނުން ކަމަށެވެ.
“ފިއްލަވަން ޖެހޭނީ މީގައި ގޯހެއް އޮތީމަ. އެހެން ނޫނީ ރައްޔިތުންނާ ކުރިމަތިލާ މިއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ.” މައުރޫފް ވިދާޅުވިއެވެ.
މައުރޫފް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޕީޖީ ގްރޫޕުން ގަވަރުނަރާ ބައްދަލުކުރުމަށް އެދި ރަސްމީކޮށް ސިޓީއެއް ފޮނުވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް މިހާރުވަނީ ވެފައެވެ.
އެ ސިޓީގައި ބުނެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އެމްޑީޕީގެ މެންބަރުން މިހެން ވިދާޅުވެފައިވާއިރު، ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ 20 ރުފިޔާއަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު