ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.
ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ މިދިޔަ މާރިޗު މަހުގެ 29ވަނަ ދުވަހުއެވެ. އަދި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުގައެވެ.
ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލައިފައިވަނީ 500 ފުރުޞަތެވެ.
މިނިސްޓްރީން ބުނީ މިއަހަރު ސްޓޫޑެންޓް ލޯނަށް މުޅި ޖުމްލަ 1338 ދަރިވަރުން ކުރިމަތިލާފައިވާއިރު، މި ދަރިވަރުންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވަނީ 806 ދަރިވަރުން ކަމަށެވެ.
ލޯނަށް ހޮވޭ ދަރިވަރުންގެ ވަގުތީ ލިސްޓް މިހާރު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި، އެޕްލިކޭޝަންގެ "ސްޓޭޓަސް" ބަދަލުވެއްޖެނަމަ އެކަންވެސް މެސެޖަކުން ދަރިވަރުންނަށް އަންގަމުންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ނުހޮވޭ ދަރިވަރުން ނުހޮވުނު ސަބަބުވެސް ވެބްސައިޓުން ބެލޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އިތުރު ސުވާލެއް އުފެދޭނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ އޮގަސްޓް މަހުގެ 3ވަނަ ދުވަހުގެ 13:00 އެވެ.

ކިޔުންތެރިންގެ ހިޔާލު