ނ. ފޮއްދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފޮއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައިސް ޑރ. މުޢިއްޒު ވިދާޅުވީ ފޮއްދޫ ރައްޔިތުން ވޭތުވެދިޔަ 40 އަހަރު ތަހައްމަލު ކުރަމުންދިޔަ ލަފާފުރުމުގެ ދަތިކަމަށް މިއަދު އެރަށުގައި ފެށިގެން ދިޔަ ބަނދަރު ހެދުމުގެ މަސައްކަތާއެކު ނިމުމެއް އަންނާނެ ކަމަށެވެ.
އެގޮތުން ބަނދަރުގެ މަސައްކަތް މިއަދު ފޮއްދޫގައި ރަސްމީކޮށް ފެށިގެން ގޮސްފައިވާއިރު މަސައްކަތުގެ ސްޕީޑު އެންމެ ބާރުމިނުގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައިސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ފޮއްދޫގައި ލަފާ ފުރުމުގެ ދަތިތަކާއެކު ހިތާމަވެރި ޙާދިސާ ތަކާވެސް އެރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ހިތްދަތިކަން މާޒީވެގެން ގޮސް ހިތްހަމަ ޖެހޭނޭހެން ބަނދަރު ތަރައްޤީ ކޮށްދެއްވާނެ ކަމަށްވެސް ރައީީސް ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ރައީސް މިއަދު ވިދާޅުވީ ފޮއްދޫގެ ލަފާ ފުރުމުގެ ދަތިކަމަކީ އެރަށުގައި އިގްތިޞާދީ ކުރިއެރުމާއި ފަރުދީ ކުރިއެރުމަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ބަނދަރުގެ މަޝްރޫޢާއެކު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުމުން އަރައިގަނެ ކުރިއެރުން ހޯދިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު މިއަދު ހެނދުނު ފޮއްްދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން ނ. ފޮއްދޫގައި 4 މަޝްރޫޢުއެއް އިފްތިތާހް ކޮށްދެއްވިއެވެ. އެ ހަތަރު މަޝްރޫޢަކީ އެރަށުގެ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ޕޮލިސް ސްޓޭޝަނާއި، ބަނދަރާއި، ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.

ކިޔުންތެރިންގެ ހިޔާލު