އިހަވަންދޫ ފިޝް ކަލެކްޝަން ސެންޓަރުގެ ބަނދަރު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ޝީޓްފައިލް, ފޮޓޯ: އެމްޓީސީސީ
އިހަވަންދޫ ފިޝް ކަލެކްޝަން ސެންޓަރުގެ ބަނދަރު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ޝީޓްފައިލް, ފޮޓޯ: އެމްޓީސީސީ
ހއ. އިހަވަންދޫ ފިޝް ކަލެކްޝަން ސެންޓަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ޝީޓްފައިލްގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީން ބުނީ، ޝީޓްފައިލްތައް މިހާރު ސައިޓަށް ގެންދެވިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް

ކަމަށެވެ. އަދި މިހާތަނަށް މުޅި މަޝްރޫޢުގެ 11 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 17 އޯގަސްޓް 2023 ގައި އެމްޓީސީސީއާ ޙަވާލުކުރި މި މަޝްރޫޢުގެ އީއައިއޭ ވަނީ ކުރިން ފާސްކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން 50،221 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 129 މީޓަރުގެ ޝީޓްފައިލް ތޮށްޓަކާއި، 66 މީޓަރުގެ އެލް-ބްލޮކް ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 42 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 3،437 އަކަމީޓަރުގެ ޕޭވްމަންޓް ހެދުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢު ނިމުމުން، އުތުރުގެ ގިނަ އަދަދެއްގެ މަސްދޯނިފަހަރަށް އިހަވަންދޫން މަސް ކިރުވުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު