ވޯކްވޭގެ މަސައްކަތްތަކެއް ކުރުމަށްޓަކައި އައިޖީއެމްއެޗްގެ އޯޕީޑީ ވޯކްވޭ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރަން އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ބުނީ މިރޭ 9:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ދަންވަރު 3:00އާ ހަމައަށް އެ ސަރަހައްދު ބަންދު ވާނެ ކަމަށެވެ.
އެހެންކަމުން ހޮސްޕިޓަލަށް ވަނުމަށް ދެން ބޭނުން ކުރެވޭނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓު ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޑައިލިސިސް ސެންޓަރަށްދާ މީހުން، އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރަން ވެސް އައިޖީއެމްއެޗުން ވަނީ އެދިފައެވެ. އަދި ސްޓްރޯކް ސެންޓަރު، އީއެންޓީ ވޯޑުގެ އެޗްޑީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އައިޖީއެމްއެޗްގެ އިއުލާނުގައި ވެއެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފައެވެ.

މި ހޮސްޕިޓަލުގެ އޯޕީޑީ ގޭޓް ވަގުތީގޮތުން ބަންދުކުރުމާ ގުޅޭ pic.twitter.com/7XJoJOpzcf
— IGMH (@igmhmv) July 23, 2025
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު