މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މިއަދު މާލޭ ސަރަހައްދުގައި ބައެއް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފިއެވެ.
މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާއި ގުޅިގެން މިއަދު ހަވީރު 15:00އިން 18:00އަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު މާލޭ ސަރަހައްދުގައި ދުއްވުން މީގެ ކުރިން އޮތީ މަނާކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ބުނީ މިނިވަން ދުވަހާއި ގުޅިގެން މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރި އެންގުން މިހާރު ބާތިލްކޮށްފައިވާ ކަަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ މިއަދު 15:00 އިން 18:30 އަށް ހުރިހާ ބާވަތެއްގެ އުޅަނދު ދުއްވުން މަނާކަަމަށެވެ. އަދި މާދަމާރޭ 18:00 އިން 00:00 އަށް ބަރު އުޅަނދު ދުއްވުން ވެސް އޮތީ މަނާ ކޮށްފައެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެ އިއުލާން ބާތިލުކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ކަނޑައަޅާފައިވާ ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ. އެގޮތުން، މިއަދު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން މިއަދު 13:00 އިން ފެށިގެން ހަރަކާތް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތަށް ވަނީ ވަރުގަދަކޮށްފައެވެ.
އެހެންވެ، އެ ސަރަހައްދަށް އާންމު އުޅަނދުތަކަށް ވަދެ ނިކުމުގައި ދަތިތަކެއް ދިމާވެދާނެތީ އެމްއެންޑީއެފުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު