ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި ވާނެ ފަދަ އެއްވެސް މަގެއް ހުޅުވިގެން ދިޔުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ، އެފަދަ ކަމެއް ނުކުރެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިލްތިމާސް ކުރައްވައިފިއެވެ.
ޑރ. އިޔާޒް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ޑރ. އިޔާޒް މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައިވާއިރު، ރާއްޖޭގެ އެހެން ބައެއް މަޝްހޫރު ދީނީ އިލްމުވެރިންނާއި އަދާލަތު ޕާޓީން ވެސް ވަނީ މި މަޝްރޫއާ ދެކޮޅަށް ފާޅުގައި އަޑުއުފުލައި، އެކަމާ މެދު ކަންބޮޑުވުން
ފާޅުކޮށްފައެވެ.
މި މަޝްރޫއާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް ގޮވާލައި އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައެވެ.
ނަމަވެސް، މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މި މަޝްރޫއާ ގުޅުވައިގެން ފަތުރަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނީ މުޅިންވެސް ކުރިއެރުމާއި މަންފާ ކަމަށެވެ.
މީގެއިތުރުން، އެމްޑީޕީން އެދޭ ފަދަ ރިފަރެންޑަމެއް ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވަމުން ރައީސް ފާހަގަކުރެއްވީ، އަލަށް ހުށަހެޅިފައިވާ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހި ދައުލަތުގެ މިނިވަންކަމާއި، އިސްތިޤްލާލާ
އި، ސިޔާދަތީ ބާރުތައް ފުރިހަމައަށް ރައްކާތެރިކޮށްދީފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެންމެހާ ޙައްޤުތައް ހިމާޔަތްކުރުމަށް ސީދާ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށް، ކަށަވަރުކޮށްދީފައިވާ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު