އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން މިހާރު އިތުރަށް ކުރިއަރާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ އުސްއަލިތައް ހިއްސާ ކުރައްވަމުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި މޯދީ މި ދަތުރުފުޅު ސިފަކުރައްވާފައިވަނީ އިންޑިޔާ-ދިވެހިރާއްޖެ ރަޙްމަތްތެރިކަމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައެވެ.
ރައީސްގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުގައެވެ. އެގޮތުން މިނިވަން ދުވަހުގެ އެކި ހަރަކާތްތައް މޯދީ ވަނީ ބައްލަވާލައްވާފައެވެ.
އަދި މި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާ އެކު ކުރެވުނު ބިނާކުރަނިވި މަޝްވަރާތަކާ އެކު ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ ކަމަށް މޯދީ އިއްޔެ ވިދާޅުވިއެވެ.

A boost to India-Maldives friendship!
— Narendra Modi (@narendramodi) July 26, 2025
Here are highlights from the extremely productive Maldives visit. pic.twitter.com/5jKJjvJukG
ރައީސްގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުގައެވެ. އެގޮތުން މިނިވަން ދުވަހުގެ އެކި ހަރަކާތްތައް މޯދީ ވަނީ ބައްލަވާލައްވާފައެވެ.
އަދި މި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާ އެކު ކުރެވުނު ބިނާކުރަނިވި މަޝްވަރާތަކާ އެކު ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ ކަމަށް މޯދީ އިއްޔެ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު