އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ޕްރޮގްރާމްތަކުގައި ރާއްޖެ އިން ބައިވެރިނުވާން ނިންމީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުރަސްއެޅިދާނެތީ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެއްޖެނަމަ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސް އެޅިގެންދާނެ ކަމަށާއި، މިހާރު ސަރުކާރުން ކުރިއަށްގެންދަނީ "ހޯމް ގްރޯން" އިޤްތިޞާދީ ރިފޯމް އެޖެންޑާއެއް ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް އަލިއަޅުވައިލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމުތަކުގެ ދަރަނި ވަކި މިންވަރަކަށްވުރެ އިތުރުވުމުން ގިނަ ފަހަރު އައިއެމްއެފް ފަދަ ބައިނަލްއަޤުވާމީ ބޮޑީތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން މަޖުބޫރުވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން މިހާރު ރަސްމީކޮށް ނިންމާފައިވަނީ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިނުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބު ވެސް ރައީސް ހާމަކުރެއްވިއެވެ.
"އޭރުން އަޅުގަނޑުމެން އަޅުވެތި ހިސާބުން [ނިމިދާނެ] އެ ހިސާބުން ދެން އަޅުގަނޑު މިސާލަކަށް ރައްޔިތުންނަށް ވަޢުދުވީ ކަންތައްތައް ފުއްދުމުގައި ކުރިއަށް ދެވޭނެ މަގުތަކެއް ނޯންނާނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބޭރު ފަރާތްތަކުގެ މަޖުބޫރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ބަދަލުގައި، އަމިއްލަ އިޤްތިޞާދީ ހާލަތަށް ފެތޭ، ރާއްޖޭގެ އަމިއްލަ "ހޯމް ގްރޯން ރިފޯމް އެޖެންޑާ"އެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ވަކި ބޮޑީއަކުން ބޭނުންވާ ޕްރޮގްރާމުތަކުގައި ބައިވެރިވެ ނޫނީ ވަކި ބަޔަކު ބުނާ ގޮތަށް ކަންތައްތައް ދީލައިލުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ އެއްވެސް ސަރުކާރަކުން ގެންގުޅެގެންވާނެ ސިޔާސަތެއް ވެސް ނޫން ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރާ ޤައުމުގެ އިޤްތިޞާދު ޙަވާލުވިއިރު އޮތް ހާލަތުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ގިނަ ލަސްތައް ދިމާވެފައިވާ ކަމަށެވެ. އަދި، އެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ ވަގުތުގެ ބޮޑު ބައެއް ހޭދަކުރަން ޖެހިފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކުރަންޖެހުނު ކަންކަން ނުކޮށް ދޫކޮށްލި ނަމަ އަޅުގަނޑުމެންނަށް ވާނޭ ގޮތަކީ ޤައުމު ބަނގުރޫޓް ވާނެ، ޑިފޯލްޓް ވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަންކަން އެހެންވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަރަށް ދަތި ރާސްތާއެއް ކަޑައްތުކުރަމުން އައި ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އިޤްތިޞާދު ހުރީ ރަނގަޅު މަރުޙަލާއަކަށް އައިސް، ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ތަރައްޤީގެ މަޝްރޫޢުތައް މިހާރު ވަރަށް ބާރު ސްޕީޑުގައި ފެށިގެން އެދަނީ ކަމަށާއި، ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން ރައްޔިތުން އެކަން ފާހަގަކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަވަށްޓެރި ޤައުމުތަކާއި ދުރު ޤައުމުތަކާވެސް ރާއްޖެއިން ބާއްވާ ގާތް ގުޅުންތައް ދެމެހެއްޓެމުންދާ ކަމަށެވެ. މި ގުޅުންތައް ބިނާވެފައިވަނީ ދިވެހިރާއްޖެއަށް ފައިދާވާނެ ގޮތަކަށް އަދި ރާއްޖޭގެ އުސޫލުތަކާއި ހަމަތައް ހިފެހެއްޓޭނެ މިންވަރަކަށް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު