ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ހައްޔަރު ކުރުމުގެ އަމުރެއް އެގައުމުގެ ކޯޓަކުން ނެރެފިއެވެ.
ލަންކާގެ ހަމްބަންޓޯޓާ މެޖިސްޓްރޭޓުން މި އަމުރު ނެރުނީ އެކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނަމާލް ކޯޓަށް ހާޒިރުނުވުމުންނެވެ.
ލަންކާގެ ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރެއްވި ނަމާލް މިވަގުތު ހުންނެވީ ދިވެހިރާއްޖޭގައެވެ. ލަންކާގެ މީޑިޔާ ތަކުން ބުނެފައިވާގޮތުގައި ނަމާލް މިއަދު ރާއްޖެ ވަޑައިގަތީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކާއާ އެއް ފްލައިޓެއްގަ އެވެ. އެ ދެ ބޭފުޅުން ވެސް ދަތުރުކުރެއްވީ މިއަދު ރާއްޖެ އައި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް 101 ގެ ބިޒްނަސް ކްލާހުގައި ކަމަށް ލަންކާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމާލް ވަޑައިގަތީ ރާއްޖޭގައި އޮތް ކައިވެނި ހަފްލާއަކަށް ކަމަށް ވެސް ލަންކާގެ މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
ނަމާލްއަކީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ. އަދި ކުރީގެ ރައީސް ގޮތަބަޔައަކީ އޭނާގެ ބޮޑުބޭބެއެވެ.
މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ތުހުމަތުގައި ނަމާލްގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް އުފުލާފައެވެ. މީގެ ކުރިން ވަނީ މި މައްސަލަތަކުގެ ތަހުގީގަށް ނަމާލް ހައްޔަރުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު