ކ-ވ: މަރާލި މޫސާ އިބްރާހިމް ވެއްޓިފައި، އަދި އޭނާގެ ޤާތިލު މުޙައްމަދު އިބްރާހިމް
ކ-ވ: މަރާލި މޫސާ އިބްރާހިމް ވެއްޓިފައި، އަދި އޭނާގެ ޤާތިލު މުޙައްމަދު އިބްރާހިމް
ލ މާވަށުގައި މިއަދު ހެނދުނު ޒުވާނަކަށް ހަމަލާދީ މަރާލަން ބޭނުންކުރި ވަޅި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހެނދުނު ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ.

މޫސާ އިބްރާހިމަށް ހަމަލާދީނީ އޭނާ ރަށު ވޮލީ ކޯޓް ކައިރީ ހުއްޓައެވެ. މިއަދު ހެނދުނު ގާތްގަނޑަކަށް 10 ޖަހާއެހާކަންހާއިރު އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށްވެސް ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. މޫސަ ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިހާރު ވަނީ މޫސާ އިބްރާހިމް މަރާލަން ހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ކަމަށެވެ. މި މާރާމާރީއަކީ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މިހާރު ހޯދާފައިވާ ކަމަށާއި ވަޅި ފެނުނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކުރި މަސައްކަތުން ކަމަށެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހިމް އަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު