ސްރީލަންކާއާއި ދިވެހިރާއްޖެއާމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ލަންކާއާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސާނާއިކަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ރައީސް ދިސާނާޔަކާ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ދިވެހިރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅު ކަމުން އެކަމަށްޓަކައި މިނިސްޓަރ ހަލީލް އެމަނިކުފާނަށް މަރުޙަބާ ދެންނެވިކަމަށެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސްރީލަންކާއާއެކު ގާތުން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ދެމިހުންނާނެކަން މިނިސްޓަރ ހަލީލް ކަށަވަރުކޮށްދެއްވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެމެހެއްޓުމަށް ސްރީ ލަންކާ ސަރުކާރުން އަޒުމް ކަނޑައަޅާފައިވާކަން ރައީސް ދިސާނާޔަކާވެސް ހާމަކުރެއްވި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު