ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިހާރު ވަނީ އޭނާ އިސްތިއުފާ ދެއްވާފައިވާތީ، އޭނާ މަގާމުގައި ހުންނަވައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އޭނާ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ، އާރްއޭސީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެއްކޮށްލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެމްއޭސީއެލުން މީގެ ކުރިން ބުނެފައިވަނީ ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތްތައް ނިންމައި، އާރްސީއެލް އެމްއޭސީއެލްގެ ދަށަށް ކުރިއަށް އޮތް ދެ ތިން މަސްތެރޭ ގެނެވޭނެ ކަމަށެވެ. އެކަމުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު