ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވިކަން އިއްޔެ ހާމަކުރެއްވުމާ ގުޅިގެން މީހަކު ވަނީ ސޯޝަލް މީޑިއާގައި ރައީސަށް މަރުގެ އިންޒާރުދީފައެވެ.

މަސީހް މޫސާގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ވަނީ އެންމެ ފުރަތަމަ ރައީސް *** ޖެހޭކަމަށް ބުނެ ރައީސް މުޢިއްޒުއަށް އިންޒާރުދީފައެވެ.

އެ މައްސަލަ ފުލުހުން މިއަދު ބަލަން ފެށުމަށްފަހު މިރޭ ބުނެފައި އެ މައްސަލާގައި އިންޒާރުދިން މީހާ ކަމަށްވާ ތ. ތިމަރަފުށީ މަލަސް، މަސީހް މޫސާ ،25 އ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށެވެ.

އޭގެ އިތުރުން އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު