ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ދޫކުރާ ޑޮލަރު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް މުޢިއްޒު އެންގެވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އެންގެވިއެވެ.

ބޭންކު އޮފް މޯލްޑިވްސް އިން މިއަދު ބުނީ މިއަދުން ފެށިގެން އެ ނިންމުމަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އާސަންދަ ހަމަޖެހޭ ބަލި މީހުންނަށް 2000 ޑޮލަރު އެންސްޕާގެ އެހީ ލިބޭ ބަލި މީހުންނަށް 2000 ޑޮލަރާއި ހަމައަށް އެންސްޕާއިން ކަނޑައަޅާ އަދަދެއް ދޫކުރާނެ ބޭންކު އޮފް މޯލްޑިވްސް އިން ބުނެއެވެ.

އަދި އާސަންދައާ އެންސްޕާ ނުލިބޭ ބަލި މީހުންނަށް 1،000 ޑޮލަރު ވިއްކާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު