މަރުގެ މައްސަލަތަކުގެ އޮޓޮޕްސީއަށް ސޯޝަލް މީޑިއާގައި ޖޯކުޖަހައި ފާޑުކިޔާ ފަރާތްތަކަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ޢާއިޝަތު އާޒިމާ ޝަކޫރު ޤާނޫނީ ރައްދެއް ދެއްވައިފިއެވެ.
އާޒިމާ މިފަދަ ރައްދެއް ދެއްވީ އެކަމަނާގެ ފޭސްބުކް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
އާޒިމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މީހަކު މަރާލައި އަމިއްލައަށް އިޢުތިރާފުވީމާވެސް އޮޓޮޕްސީ ހަދަންޖެހެނީ ކީއްވެތޯއޭ ބުނެ، ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ. އަދި އެއީ ހުސްބޭކާރު ޚަރަދު ކަމަށާއި އެވަރު ނުކޮށް ނޭނގެނީތޯ ވެސް ގިނަ ބަޔަކު ސުވާލު ކުރާ ކަމަށް އާޒިމާ ވިދާޅުވިއެެވެ.
އާޒިމާ ވިދާޅުވީ މިފަދަ ސުވާލުތަކަކީ މަރުގެ މައްސަލަތައް ފެންމަތިވާ ކޮންމެ ފަހަރަކު ސޯޝަލް މީޑިއާގައި ތަކުރާރުވާ ވާހަކަތަކެއް ކަމަށެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޒިމާ ޝަކޫރު ވަނީ އޮޓޮޕްސީގެ ޤާނޫނީ އަދި ފަންނީ ބޭނުންތައް ތަފްޞީލުކޮށްދެއްވާފައެވެ.
އެކަމަނާ ވިދާޅުވީ، ޖިނާޢީ މައްސަލަތަކަކީ ޤާނޫނުއަސާސީގައިވާ ގޮތުން "އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް" ނުވަތަ 'ބިޔޮންޑް ރީޒަނަބަލް ޑައުޓް' އަށް ސާބިތުވާންޖެހޭ މައްސަލަތަކެއް ކަމަށެވެ. އަދި ޚާއްސަކޮށް މަރަށް މަރުހިފާ މައްސަލަތަކުގައި (ޤިޞާސުގެ މައްސަލަތައް) ސާބިތުކުރުމުގެ މިންގަނޑު މިއަށްވުރެ މަތިކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އެ މިންގަނޑަކީ "އެއްވެސް ޝައްކެތް ނެތް މިންވަރު" ކަމަށާއި، އެނޫންގޮތަކަށް ސާބިތުވެގެން މަރުގެ އަދަބެއް ނުދެވޭނެކަން އާޒިމް ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.
އަދި މަރުގެ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށްޓަކައި މަރުވި ސަބަބު ނުވަތަ 'ކޯޒް އޮފް ޑެތު' ސާބިތުވާންޖެހޭ ކަމަށާއި، މިކަންކަން ކުރުމުގައި ހެތްކާބެހޭ ޤާނޫނީ އުޞޫލުތަކަށް ފެތެންޖެހޭ ކަމަށް އާޒިމާ ޝަކޫރު ވިދާޅުވިއެވެ. އެހެންކަމުން، އެއީ މީހާ އަމިއްލައަށް އިޢުތިރާފުވެފައި، ޝަރީޢަތުގައި އިޢުތިރާފުން ރުޖޫޢަވީމާ، ނުވަތަ ތަޙްޤީޤުގައި ހަނުހުރީމާވެސް މަރުވި ސަބަބު ސާބިތުނުވާހާ ދޯހަޅިކޮށްކުރާ ކަންކަމެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ.
މިހެންވެ، ޤާނޫނީ ފަންނީ ވާހަކައަކީ އޮޓޮޕްސީ ހަދަންޖެހުން ކަމަށާއި މައްސަލަ ސާބިތުކުރުމާއި، ހެކިބަސްނެގުމާއި ހެކި ބަލައިގަތުމުގެ އެތައް ފަންނީ ކަންކަމެއް ހުންނަކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ތަފްޞީލް ތަޙްޤީޤުކުރާ ފަރާތްތަކަށް، ވަކީލުންނަށް ނުވަތަ ފަނޑިޔާރުންނަށް މެނުވީ ނޭނގިދާނެ ކަމަށާއި، އަދި އާންމުންނަށް އެނގޭކަށް ނުވެސްޖެހޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން އާޒިމާ ވަނީ މިފަދަ ފަންނީ ކަންކަމުގައިވެސް މަޖާ އަދި ޖޯކު ޖަހަނީ ކީއްވެތޯ ސުވާލު އުފަަައްދަވާފައެވެ.
ޝައްކުވާ މަރުތަކުގައި އާއިލާ އިން ބޭނުންނުވިއަސް އޮޓޮޕްސީ ހަދަން ސަރުކާރުން ވަނީ ނިންމާފައެވެ.
އޮޓޮޕްސީއަކީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފަޅާލައިގެން މެޑިކަލް ތަހުލީލް ކުރުމެވެ. މީގެ މަޤްޞަދަކީ އެމީހާ މަރުވި ސަބަބު ސައިންސްގެ ތަހުލީލުތަކުން ދެނެގަތުމާއި، ބަލިތަކާއި އަނިޔާތަކުގެ މައްޗަށް ދިރާސާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު