ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
އެމްޑީޕީން ކުރީ ތާހިރު ވެރިކަމެއް ނޫން ކަމަށާއި އެޕާޓީން ގައުމު ލޫޓުވާލީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް އިސް ފަރާތްތައް ޓެގް ކުރަށްވައި މީސްމީޑިއާގައި ޝުޖާއު ޙިއްސާ ކުރެއްވި މެސެޖު ތަކެއްގައި ވަނީ ކުރީ ސަރުކާރުގައި އެމްޑީޕީގެ ބައެއް ވަޒީރުން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތައް ޙިއްސާ ކުރަށްވާފައެވެ.

އެގޮތުން ޝުޖާއު ވިދާޅުވީ، ރައްޔިތުން ކަނުބަނދެ ގޭބަންދުގައި ބޭތިއްބުމަށްފަހު މިޤައުމު ބަނގުރޫޓުގެ ތުންފަތް މައްޗަށް ގެންދިއުމުގައި އިސްކޮށް އުޅުއްވީ ކުރީ ސަރުކާރުގެ ވަޒީރުން ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގެ ޗާލާކީ ދުވަސްވަރު ވަޒީރުން ދައްކަވާފައިވާ ވާހަކަތައް މިއަދު ހަނދާން ކޮށްލަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.

“ތިބޭފުޅުން ކުރެއްވީ ތާހިރު ވެރިކަމެއް ނޫން.” “ހަމަ ލޫޓުވީ އިނގޭތޯ.” ޝުޖާ ދެ މެސެޖެއް ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޝުޖާ ވަނީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް ލިބުނުހާ ހިލޭ އެހީ އެޕާޓީގެ ވެރިންގެ ޖީބަށް ކަހާލިކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި އިއްޔެ އެމްޑީޕީން ބޭއްވި ހިނގާލުމަށް ރައްޔިތުންގެ ތަރުހީބު ނެތުމަކީ ޕީއެންސީގެ މައްސަލައެއް ނޫން ކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.

“ރައްޔިތުންގެ ތާޢީދު އެމްޑީޕީއަށް ނެތެނީ ވެރިކަން ލިބޭ ކޮންމެފަހަރަކު ޤައުމަށް ޣައްދާރުވެ ރައްޔިތުންގެ ބައިތުލްމާލުގައި އެއްކޮށްފައިވާ ފައިސާކޮޅަށް އަތްބާނާ، އެފައިސާކޮޅު ގާތްމީހުންނަށް ބަހާ ހުސްކުރާތީ! މީން ކޮންމެ ފަހަރަކު އަޅުގަނޑުމެން މިޖެނީ ވަރަށް ބުރަ މަސައްކަތުން ޤައުމު ހަމަޔަކަށް އަޅުވަން.” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުން މިއަދު ސިޔާސީ ޕާޓީތަކާމެދު ފޫހިވެފައިވާ ކަމަށާއި، ޑިމޮކްރެޓިކް ވިސްނުން ހުރި ސިޔާސީ ޕާޓީތަކުން އެކަމާއި މެެދު ވިސްނަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް