މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގެ ކަރަންޓީނަށް އިތުރު 75 ބުޅާ ގެންގޮސްފައިވާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އިން ބުނެފިއެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ބުނީ އޮޅުހިޔާގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށްފައި ވާތީ، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ވިއްސާރައާ ގުޅިގެން އެ މަސައްކަތް މެދުކެނޑާލުމަށް ފަހު މިއަދު އަލުން ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި އޮޅުހިޔާ ހުޅުވިއިރު، އެތަނުގެ ކަރަންޓީން ޖާގައިގައި ކަރަންޓީން ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތެވެ. އެހެންވެ، އޭރު ކޮށިތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދި ކަމަށާއި އޭގެ ފަހުން ވެސް އެކި ފަހަރު މަތިން ބުޅާތައް އެ ފެސިލިޓީއަށް ނަގާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީ އިން ބުނީ ކަރަންޓީނުގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހޭތީ، އޮޅުހިޔާގެ ޖާގަ އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް މިހާރު އެއް ފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ ވަރަށް ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.
އޮޅުހިޔާއަށް އިތުރު ބުޅާ ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 28 ދުވަހު އެވެ. މިނިސްޓްރީ އިން ބުނިގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތް މެދުކަނޑާލުމަށް ފަހު މިއަދު އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީނުގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ކޮށިތަކަށް ބަދަލުކޮށްފައިވާއިރު މާލެ ސަރަހައްދުގެ މަގުތަކުން ޖުމްލަ 75 ބުޅާ މިހާރު ވަނީ އެ ފެސިލިޓީއަށް ނަގައިފަ އެވެ.
އެގޮތުން މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިއަދު ބުޅާތައް ފެސިލިޓީއަށް ނަގާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މިވަގުތު އޮޅުހިޔާގައި ތިބި ބުޅަލުގެ ޖުމްލަ އަދަދަކީ 112 ކަމަށެވެ. އެއީ ކަރަންޓީނުގައި ތިބި ބުޅާތަކާއި ކޮށީގައި ތިބި ބުޅާތައް ހިމެނޭހެންނެވެ.
މާލޭގެ އެކި ތަންތަނުން ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މާދަމާ ވެސް ކުރާނެ ކަމަށާއި، ކަރަންޓީން މަރުހަލާ ނިމުމަށް ފަހު ބުޅާތައް ލާން ޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު