ރާއްޖޭގެ ރައްކާތެރިކޮށްފައިވާ ގުދުރަތީ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ރޭންޖާރސް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 15އަށް ވުރެ ގިނަ ރޭންޖަރސް ތިމާވެށި ހިމާޔަތްކޮށް ބަލަހައްޓަމުންދާ ކަމަށެވެ.
އަދި ރާއްޖޭގައި 90އަށް ވުރެ ގިނަ ސަރަޙައްދު ހިމާޔަތްކޮށްފައިވާއިރު، އެތަންތަން ބެލެހެއްޓުމަށް މިހާރު ތިބި ރޭންޖަރސްގެ އަދަދު މަދުކަން މިނިސްޓްރީން ފާހަަގަ ކުރެއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ހާއްސަ "ބޭސިކް ރޭންޖަރސް" ކޯހެއް ތައްޔާރުކޮށް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ކޯހުގެ ފުރަތަމަ ބެޗްގައި 18 މީހުން ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައި ވާކަަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ 15އަށް ވުރެ ގިނަ ރޭންޖަރުން ހިމެނެނީ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް، އައްޑޫ އަތޮޅު ބަޔޮސްފިއަރ ރިޒާވް، ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވްގެ އިތުރުން ލ. ގާދޫ، ރ. ވަންދޫ، ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ އަދި ށ. ފަރުކޮޅު ފަދަ ސަރަޙައްދުތަކުގައެވެ.
ސަރުކާރުން ދަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އިތުރަށް ބަލަހައްޓައި، އެތަންތަނުން އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ނަފާ ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު