ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ނޫން ކަމަށާއި އުޅެނީ އިތުރު ބާރުތައް ދޭންވެގެން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެެ.
ފަލާޙް މިހެން ވިދާޅުވީ ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބަހުސްކުރައްވަމުންނެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލާކަށް ނޫން ކަމަށާއި، ބަދަލުގައި އެތަންތަން އިތުރަށް ބާރުވެރިކޮށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ.
ފަލާޙް ވިދާޅުވީ، މިފަދަ އިސްލާހުތައް ވެރިކަމުގެ ނިޒާމަށް ވެސް ހަމަޖެހޭ ގޮތަށް، ޢަމަލުނުކުރެވޭނެ ގޮތަށް ބަދަލުކުރުން މުހިއްމު ކަމަށެވެ. އަދި މި ވާހަކަ ދެންނެވުމުން އިދިކޮޅު އެމްޑީޕީން ވެސް އެކަމަށް ތާއީދުކުރައްވާނެ ކަމަށާއި، މި އިސްލާހު ގެނައުމުގެ ސަބަބު މިހާރު އެމްޑީޕީއަށް ސާފުވެފައިވާނެ ކަމަށް ވެސް ފަލާޙް ފާހަގަކުރެއްވިއެވެ.
ބައެއް ކައުންސިލްތައް މަސައްކަތްކުރާ ގޮތް ފާހަގަކުރައްވައި ފަލާޙް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް 186 ނުވަތަ 190 ކައުންސިލްގެ ތެރެއިން 10 ނުވަތަ 15 ކައުންސިލް ފިޔަވައި ގިނަ ކައުންސިލްތަކުން ވަރަށް ޒިންމާދާރުކޮށް މަސައްކަތްކުރައްވާ ކަމަށެވެ. މި އިސްލާހު ހުށަހެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީއަށް ކާމިޔާބު ކުރުމުގެ ބޭނުމުގައި ނޫން ކަމަށް ފަލާޙް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރުގެ ސަރުކާރުން ގާނޫނުތަކަށް އިސްލާހު ގެނެސް، އަލަށް ގާނޫނުތައް މަޖިލީހަށް ހުށަހަޅަނީ އިންތިޚާބުތަކާ ގުޅުވައިގެނެއް ނޫން ކަމަށެވެ.
"މިއަދު މި މަޖިލީސް ފެށިގެން މިދިޔައީ ފުރަތަމަ އެމްޑީޕީން ހުށަހެޅި ހަމަ މި ބިލަށް ވާހަކަ ދެއްކި އަޅުގަނޑުމެންގެ ހަމަ އިއްޒަތްތެރި ހުރިހާ މެންބަރުން އެ ބިލަށް ތާއީދުކޮށް ވާހަކަފުޅު ދެއްކީ. އެހެންވީމާ އަޅުގަނޑުމެން ޕީއެންސީއަކީ، ސަރުކާރަކީ މި މަޖިލީހުގައި މި ޤައުމުގެ ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާ މަޖިލީހެއް،" ފަލާޙް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާޙް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މި ޤައުމަށް ނޭދެވޭ އަސަރުކުރާ ހުރިހާ ދާއިރާތަކަކަށް ރަނގަޅު އަސަރު ކުރުވާނެ ފަދަ ގޮތަކަށް ހުރިހާ ބިލުތަކާއި ގާނޫނުތައް އިސްލާހުކުރުމަށެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ، ކައުންސިލްތަކުގެ ދައުރު ނިމުމަކަށް އަންނަން ކައިރިވުމުން، ދެން އަންނަ އިންތިޚާބު ކާމިޔާބު ކުރުމުގެ މަޤްޞަދުގައި ރަށްރަށުގައި ހުންނަ ބިންތަކާއި ކޮންޓްރެކްޓް އުސޫލުން ނަގާ ވަޒީފާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވާ ކަންކަން ނުކުރުވުން ކަމަށް ފަލާޙް ވިދާޅުވިއެވެ.
އެހެންކަމުން، މި އިސްލާހަށް އެމްޑީޕީގެ ބޭފުޅުން ވެސް ތާއީދުކޮށް ވާހަކަ ދައްކަން ޖެހޭނެ ކަމަށް ފަލާޙް ގޮވާލެއްވިއެވެ. މިއީ ޕީޕީއެމް/ޕީއެންސީ ނުވަތަ އެމްޑީޕީ މިގޮތަށް ޕާޓީތަކަށް ނިސްބަތްކޮށް ނުވަތަ އިންތިޚާބުތަކަށް އަސަރު ކުރާނެ ގޮތަށް ގެނެވޭ އިސްލާހެއް ނޫން ކަމަށާއި، ރައްޔިތުން މި އިސްލާހަށް ވަރަށް ބޮޑަށް ތާއީދުކުރާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، ރައްޔިތުން މިކަމަށް ތާއީދުކުރާނީ އެއްގޮތަކަށް ވެސް ކައުންސިލްތަކުގެ ބާރެއް ނުކަނޑުވާތީ ކަމަށާއި، ކައުންސިލްތަކަށް އިތުރު ބާރުދީ، ރަނގަޅަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭތީ ކަމަށެވެ. އެހެންކަމުން، މިފަދަ ބިލުތަކާއި އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކާއިރު، ސިޔާސީ ނަޒަރަކުން ވާހަކަ ދެއްކުމުގެ ބަދަލުގައި، މި އިސްލާހުގެ މުހިއްމުކަމާމެދު ވާހަކަ ދައްކަން ޖެހޭނެ ކަމަށް ފަލާޙް ހަނދާންކޮށްދެއްވިއެވެ.
ފަލާޙް ވަނީ މިއީ ވަރަށް މުހިއްމު އިސްލާހެއް ކަމަށާއި، ހުރިހާ އިއްޒަތްތެރި މެންބަރުން ވެސް މި އިސްލާހަށް ތާއީދުކުރުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގައި ޕީއެންސީގެ މެޖޯރިޓީ އޮތް ނަމަވެސް، މިހާރުގެ ސަރުކާރުން ވެސް ކައުންސިލްތަކުގެ ބާރެއް ކަނޑުވައެއް ނުލާނެ ކަމަށް ފަލާޙް ޔަގީންކަން ދެއްވިއެވެ.
ފަލާޙް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް މި މަޖިލީހުން ކުރާކަށް ސަރުކާރަކުން ނުފޮނުވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ކައުންސިލްތައް ބާރުވެރިކުރުވާނެ، އަދި ޕީއެންސީއަށް ނިސްބަތްނުވާ ދާއިރާތައް ވެސް ތަރައްޤީކުރައްވާނެ ރައީސެއް ކަމަށާއި، އެ ދާއިރާތަކުގައި ތިބި ޕީއެންސީއަށް ނިސްބަތްނުވާ މަޖިލީސް މެންބަރުން އެކަންކަމަށް ހުރަސްއެޅި ކަމުގައި ވިޔަސް، ސަރުކާރުން އެކަންކަން ކުރާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު