ގައުމުގެ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި އެމްއެމްއޭގެ ލަފާތައް ފެންނަނީ ވަރަށް ބަނަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީމަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެެ. ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލީސް މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ ހާލަތު ވަރަށް ދަށް ކަމަށާއި، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤައުމާ މެދު ކޮށްފައިވާ ލަފާތައް ވަރަށް ބަނަ ކަމަށެވެ. ޑރ. ޝަމްހީދު ވިދާޅުވީ، އެމްއެމްއޭއާ މާލިއްޔަތު ކޮމިޓީއާ އިއްޔެ ބައްދަލުކުރި އިރު، އެ ބޭފުޅުން ދެއްވާފައިވާ ޕްރިޑިކްޝަންތައް ހުރީ ވަރަށް ބަނަކޮށް ކަމަށެވެ.
އެގޮތުން، އެމްއެމްއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ ޖީޑީޕީ (ޤައުމުގެ އުފެއްދުންތެރިކަން) 2023 އަދި 2024 ވަނަ އަހަރު ރެކޯޑު މިންވަރަކަށް ވެއްޓިފައިވާކަން ޑރ. ޝަމްހީދު ފާހަގަކުރެއްވިއެވެ. މިއީ ގާތްގަނޑަކަށް ފަންސާހަކަށް ޕަސެންޓްގެ ދަށްވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، މި އަހަރު 6 ނުވަތަ 7 ޕަސެންޓަށް ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ބެލެވިފައި އޮތްއިރު، މިހާރު އަންދާޒާކުރެވެނީ 4 ނުވަތަ 4.5 ޕަސެންޓު ވަރަށް ކަމަށް ޑރ. ޝަމްޙީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު އިތުރަށް ވިދާޅުވީ، މި އަންދާޒާތަކުން ދައްކައިދެނީ ޤައުމުގެ ހާލަތު ވަރަށް ދަށްކަން ކަމަށެވެ. އިންފްލޭޝަންގެ މައްސަލަތަކާއި، ޚާއްސަކޮށް ކާބޯތަކެތީގެ އިންފްލޭޝަންވެސް އެމްއެމްއޭގެ ހިސާބުތަކުން މި އަހަރު އަށެއް ޕޮއިންޓް ފަހެއް ޕަސެންޓަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާލަތު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ބާރު އަޅުއްވައި، ގަވަރުނަރާ ބައްދަލުކުރެއްވިއިރު، ސިއްރު ނުކޮށް ހުރިހާ މަޢުލޫމާތެއް ރައްޔިތުންނަށް ކިޔައިދިނުމަށް އެދިފައިވާނެ ކަމަށް ޝަމްޙީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝަމްހީދު ވިދާޅުވީ ޤައުމުގައި ހުރީ 200 މިލިއަން ޑޮލަރުގެ ޔޫސަބަލް ރިޒާވް ކަމަށެވެ. މި އަދަދުގައި އިންޑިއާގެ ހަތަރުސަތޭކަ މިލިއަން ޑޮލަރު އެކުލެވިގެންވާއިރު، އެ ފައިސާ ހަ މަސް ފަހުން އަނބުރާ ގެންދިޔުމުން ޤައުމު ނެގެޓިވް ޔޫސަބަލް ރިޒާވަކަށް ވެއްޓިގެންދާނެ ކަމުގެ އިންޒާރު ޑރ. ޝަމްހީދު ދެއްވިއެވެ. އޭނާ ވަނީ އަންނަ އަހަރު ދައްކަންޖެހޭ ލޯނުތައް ދެއްކޭ ހާލަތުގައި ޤައުމު އޮތްތޯވެސް ސުވާލުކުރައްވާފައެވެ. ނަމަވެސް އެކަމަށް އަދި ރަނގަޅު ޖަވާބެއް ލިބިފައިނުވާ ކަމަށް ޝަމްޙީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު