ވޭޕް ނުވަތަ އީ-ސިނގިރޭޓު
ވޭޕް ނުވަތަ އީ-ސިނގިރޭޓު
ރާއްޖެއަށް ވޭޕް އެތެރެކުރި މީހަކު 72 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މީޑިއާއަކަށް މައުލޫމާތު ދެމުން ކަސްޓަމުން ބުނީ ވޭޕް އެތެރެކޮށްގެން މި ދިޔަ މަހުގެ 15 އާއި ހަމައަށް ޖުމްލަ 69 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ޖޫރިމަނާގެ ޖުމްލަ އަދަދު ،400،460،000 ރުފިޔާއަށް އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

މީގެ ތެރެއިން އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށްވެސް ކަސްޓަމުން ހާމަކުރިއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.

ޤާނޫނުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރުން 50,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު