މުޙައްމަދު އަޢުޡަމް   2 ނޮވެމްބަރު 2026 - 21:34
ސްކޭމްތަކުގައި 800އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާކަމަށް ފުލުހުން ބުނޭ--
ސްކޭމްތަކުގައި 800އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާކަމަށް ފުލުހުން ބުނޭ--
ސްކޭމްގެ މައްސަލައެއްގައި ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ސްކޭމްގެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. ގުރައިދޫއަށް ނިސްބަތްވާ އެ ރަށު ނަލަވާ، އަހުމަދު އަތޫފް(28 އަަހަރު) އާއި މާލެއަށް ނިސްބަތްވާ ވ. ފަޒީލާމަންޒިލް، ޝާމިލް އާދަމް(33 އަހަރު)އެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދެ މީހުން ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

އެ މައްސަލައިގައި ހެކީގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއާ ފުލުހުންނާ ދެމެދު ކޮށްފައިވާ އީމެއިލްގެ މުއާމަލާތް އަދި މައްސަލަ ހުށަހެލި ފަރާތުގެ ބަޔާން ކޯޓަށް ވަނީ ހުށަހަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު