މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް، 30 ރުފިޔާއިން 120 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ، މީގެ ކުރިން މަސައްކަތްކުރާ ގައިދީންނަށް ދުވާލަކަށް ދެނީ 30 ރުފިޔާ ކަމަށެވެ. ނަމަވެސް މިދިޔަ ޖުލައި މަހުން ފެށިގެން މަދުވެގެން 50 ރުފިޔާ، ގިނަވެގެން 120 ރުފިޔާގެ އުޖޫރައެއް މަސައްކަތްކުރާ ގައިދީންނަށް ދެމުން އަންނަ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ގައިދީންނަށް ކަރެކްޝަނުން ޙަވާލުކުރަނީ، ޖަލުތަކުގެ މެއިންޓޭނަންސް މަސައްކަތްތަކާއި، ކަރަންޓުގެ މަސައްކަތްތަކާއި، ފަރުނީޗަރު ތައްޔާރުކުރުމާއި، އަތްތެރި މަސައްކަތްތަކާއި، ފެހުމާއި، ޕްރޮޖެކްތުތައް ނަގައިގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށެވެ.
ކަރެކްޝަނުން ބުނީ ގައިދީން ބޭނުންކޮށްގެން މަސައްކަތް ކުރުވުމުގެ ބޭނުމަކީ، އެމީހުން ޖަލުތަކުން މިނިވަންވެގެން މުޖުތަމައުއަށް ނުކުންނަ އިރު، މަސައްކަތެއް ދަސްވެފައި ތިބުމާއި، ގައިދީން އިސްލާހުކޮށް ރަނގަޅުގޮތުގައި މުޖުތަމައުއަށް ނެރުން ކަމަށެވެ.
ގައިދީން އިސްލާހުކޮށް ރަނގަޅުގޮތުގައި މުޖުތަމައުއަށް ނެރުމަށްޓަކައި ކަރެކްޝަންސްގެ ފަރާތުން ގައިދީންނަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އަދި އެމީހުންނަށް މަސައްކަތްތައް ދަސްކޮށްދިނުމުގެ އެކިއެކި ޕްރޮގްރާމްތައް ކުރިއަށް ގެންދެއެެވެ.

ކިޔުންތެރިންގެ ހިޔާލު