ކ. ގުރައިދޫ
ކ. ގުރައިދޫ
ކ. ގުރައިދޫ ކައިރިން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުން ދެންމެ ބުނީ، ކ. ޒަމާނީ އައިލެންޑް ކައިރިން، ގުރައިދޫ އަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލާފައިވާކަމުގެ ރިޕޯޓެއް މިރޭ ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން ބުނީ ޑިންގީގައި ޖުމުލަ 17 މީހަކު ދަތުރުކުރި ކަމަށެވެ. އަދި އެއީ މުޅީންވެސް ބިދޭސީން ކަމަށާއި އޭގެ ތެރެއިން 3 މީހަކު ފަތާފައިގޮސް ޒަމާނީ އައިލެންޑަށް އަރާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހާދިސާ ހިނގުމާއި ގުޅިގެން މެއިން ޕޮލިސް، ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅު ރިސޯޓުތަކުގެ ލޯންޗްތައް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ބަލަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު