ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކުގެ އިތުބާރު ނަގައިލައި އަގު ވައްޓާލަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ ރައީސް، ޝާހިދު ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީން ބޭނުންވަނީ ބާރުތަކުގައި "ބަގުޑި" ބައްދައިގެން ތިބެ، ރައްޔިތުންނަށް އެއްވެސް ބާރެއް ނުލިބޭ ގޮތް ހަދަން ކަމަށެވެ. ލާމަރުކަޒީ ގާނޫނަކީ އެމްޑީޕީގެ "ބަނޑުން ވިހެއި" ދަރިއެއް ކަމަށް ވިދާޅުވާ ކޮންމެ ފަހަރަކު އިދިކޮޅު ޕީއެންސީގެ ބޭފުޅުން "ހަޖޫ ޖައްސަވާ" ކަމަށް ޝާހިދު ވިދާޅުވިއެވެ.
މަޖިލީހުގެ ކުރީގެ ރައީސް، ޝާހިދު އިތުރަށް ވިދާޅުވީ، ޕީއެންސީއާ ޚިލާފަށް އެމްޑީޕީއަކީ ބާރުތައް ލާމަރުކަޒު ކުރުމަށް ތާއީދުކޮށް، އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދޭ ޕާޓީއެއް ކަމަށެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ލާމަރުކަޒީ ނިޒާމުގެ ދުވަސް ދުއްވާލުމަށް ފެއްޓެވީ ހަޖޫ ޖައްސަވަން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ރައީސް ވިދާޅުވީ ކައުންސިލްތަކުގައި ތިބެނީ މަންމައާއި ބައްޕައާއި ދަރިންނޭ. ދަނީ މަހަށޭ. ނިކަމެތިކޮށްލަށްވާނަމޭ ވިދާޅުވެ، ހިތްޕުޅާ ވިދާޅުވީ މަހަށް ދަނިއްޔޭ." އެއީ ކައުންސިލަރުންގެ އަގު ވައްޓާލަން ރައީސް ދެއްކެވި ވާހަކަފުޅެއްކަން ހާމަކޮށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ކައުންސިލްތަކަކީ ބޭރު ދަތުރުކުރާ ބައެއް ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް، މިހާރު ބޭކާރު ދަތުރުތައް ކުރަނީ ސަރުކާރުން ކަމަށާއި އެކަމުގެ "ތުހުމަތުގެ އިނގިލި" ދިޔައީ ކައުންސިލްތަކާ ދިމާލަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކައުންސިލްތަކުން ކުރާ ދަތުރުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ނަމަވެސް ސަރުކާރުން ބޭރަށް ކުރާ ދަތުރުތަކުގެ ނަތީޖާ އެއް ނުފެންނަ ކަމަށެވެ. ޝާހިދު ވިދާޅުވީ ކައުންސިލްތަކުން އަމިއްލަ ވިޔަފާރި ތެރެއަށް ނުވަނުމަށް އަންގައި ސަރުކާރުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.
ޝާހިދު ވަނީ ކުލަޔަކަށް ފިކުރަކަށް ބެލުމެއްނެތި ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއި ދެކޮޅަށް ތެދުވެ ބަޔާންތަށް ނެރުމަށް ގޮވާލައްވާފައެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އެޕާޓީގެ ބަނޑުން ވިހޭ "ދަރި" އެއް ކަމަށްވާ ލާމަރުކަޒީ ނިޒާމް މަގުމަތިވިޔަ ނުދެއްވާނެ ކަމަށެވެ.
" އަޅުގަނޑުމެން ރައްޔިތުންނަށް މާލީ ބާރުވެރިކަމާއި ރައްޔިތުންނަށް ޤާނޫނީ ބާރުވެރިކަން ކައުންސިލްތައް މެދުވެރިކޮށް ހޯދައިދޭނަން،" ކުރިން ފޮރިން މިނިސްޓަރު ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވަނީ ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހަނިކުރާ ބިލު ތަސްދީޤު ނުކުރަން ރައީސް މުޢިއްޒަށް ގޮވާލައްވާފައެވެ.
ފައްޔާޒު ވިދާޅުވީ 56 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށްފައި ބަޔާން ނެރެފައިވާއިރު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އެބިލް ފާާސްކުރީ އެ ކަންބޮޑުވުންތައް އަޑުނާހައި، ކަމަށެވެ.
"އަޅުގަނޑު ހަމަ ގައުމަށްޓަކައި ރައީސް މުއިއްޒަށް އަޅުގަނޑު ހަމަ ގޮވާލަން ބިލް ތަސްދީގުނުކުރަން. ތަސްދީގުނުކުރައްވާށޭ، އަލުން ވިސްނަވާށޭ، ތިކަން ހުއްޓާލައްވާށޭ،" ފައްޔާޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު