ސަރުކާރު ކުންފުނިތަކަށް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބަޖެޓުގައި ކަނޑައެޅި ވަރަށްވުރެ އިތުރަށް، 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ސަރުކާރު ކުންފުނިތަކަށް ދިނުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވާ ފައިސާގެ އަދަދަކީ 378.3 މިލިއަން ރުފިޔާއެވެ. މި އަދަދު ކަނޑައެޅުމުގައި ބެލި ކަންތައްތަކުގެ ތެރޭގައި ބައެއް ކުންފުނިތައް އުވާލުމާއި އެއްކޮށްލުން ފަދަ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.
އެހެންނަމަވެސް ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުގެ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ތަފާސްހިސާބުގައިވާ ގޮތުން އެ އަދަދަކީ ބަޖެޓް ކުރި އަދަދަށް ވުރެ 205 ޕަސަންޓް އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރިވަރަށްވުރެ ހަތަރު އިންސައްތައަށްވުރެ ބޮޑު އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެސްއޯއީތަކަށް ބަޖެޓުކުރި ވަރަށްވުރެ އިތުރަށް ފައިސާ ބެޖެޓުން ދޫކުރި ނަމަވެސް ތަފާސްހިސާބުތައް ދައްކާ ގޮތުން ސަރުކާރު ކުންުފުނިތަކަށް ލިބުނު ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ސަރުކާރަށް ލިބުނީ 409 މިލިއަން ރުފިޔާއެވެ.
ތަފާސްހިސާބުގައިވާ ގޮތުން އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 468 މިލިއަން ރުފިޔާއާ އަޅާބަލާއިރު 59 މިލިއަން ރުފިޔާ މަދު އަދެދެކެވެ.

ކިޔުންތެރިންގެ ހިޔާލު