ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ ގުރޫޕުގެ މެންބަރުން މާ ވަރުގަދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބުދުއްރަޙީމް މިހެން ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމައި، ގައުމާއި ރައްޔިތުންގެ ހައްގުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު، މުހައްމަދު އައްބާސް ވިދާޅުވެފައިވަނިކޮށެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ޕީއެންސީ ޕީޖީ ގްރޫޕްގެ ބައްދަލުވުމާއި ގުޅޭގޮތުން ވެލިދޫ ދާއިރާގެ މެމްބަރު، މުހައްމަދު އައްބާސް ވިދާޅުވެފައިވަނީ މެންބަރުންނާ މަޝްވަރާކުރުމެއް ނެތި ކުއްލި ކުއްލިއަށް މަޖިލީހަށް ފޮނުވާ ބިލުތަކަށް ވޯޓު ނުދޭނެ ކަމަށް ގިނަ މެންބަރުން ވިދާޅުވި ކަމަށެވެ. އައްބާސް ވިދާޅުވީ ޖުމްލަ ގޮތެއްގައި ގިނަ މެންބަރުން ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑު ވިދާޅުވި ކަމަށެވެ. އަދި ދާއިރާތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި، މޮޅެތި ބަސްތައް ވިދާޅުވުމާއި، ޕްރޮޖެކްޓުތައް އިޢުލާން ކުރެއްވުމާއި، ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވެސް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށް އައްބާސް ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ވިދާޅުވީ އެ ބައްދަލުވުމުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެކަހަލަ އެއްވެސް ވާހަކައެއް މެންބަރުން ނުދައްކަވާ ކަމަށެވެ. އަދި އައްބާސް ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.
"މިހެން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ،" ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު