ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހި އުުމްރާވެރިންތަކެއް ފުރަން ހަމަޖެހިފައިވާ ގަޑިއަށް ނުފުރި ތާށިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ މޯލްޑިވިއަންގެ ފްލައިޓް ކިއު2-6360 އިންނެވެ. ނަމަވެސް ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެ ނުފުރި ބޯޓުތެރޭގައި އުމްރާވެރިން ވަނީ ޖިއްދާގައި ތާށި ވެފައެވެ. އަދި އެގޮތަށް ނުފުރި ތިބޭތާ މިހާރު ހަތަރު ގަޑިއެއްހާއިރު ވެދާނެކަމަށް ބައެއް އުމްރާވެރިން ވަނީ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ.
ފްލައިޓުގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޑަޔަލިސިސް ހަދާ ޕޭޝަންޓުންވެސް ތިބި ކަމަށާއި، އެ ފަރާތްތަކުންވެސް ތިބީ އަދި ކާނެ އެއްޗެއްވެސް ނެތި ކަމަށް އެ ފަރާތްތަކުން ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީގެ ޓެކްނިކަލް ޓީމުތައް ވެސް މިހާރު ދަނީ މައްސަލަ ހައްލުކުރެވޭތޯ ހަރަކާތްތެރިވަމުންނެވެ.
މި ބޯޓަށް މައްސަލަ ޖެހި ނުފުރި ލަސްވެގެން ދިޔަ އިރު ހައްޖު ކޯޕަރޭޝަނުން މިހާތަނަށް މިކަން އާންމުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު