ވޭޕު މައްސަލައިގައި ގދ. ތިނަދޫއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް އެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވިއިރު ހުވާކޮށްފައިނުވާކަމަށް ހައި ކޯޓުގައި ބުނެފިއެވެ.
ވޭޕު ވިއްކުމުގެ ތުހުމަތުގައި ގދ ތިނަދޫއިން ހައްޔަރުކުރި މުހައްމަދު ސާޖިދު އަހުމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެފަދަ އާލާތްތައް ވިއްކުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރަކާ އެކުއެވެ.
އޭނާ ދިރިއުޅޭތަން ބަލާ ފާސްކުރިއިރު އީސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތިވެސް ފެނިފައިވާކަމަށް ފުލުހުންގެ ރިޕޯޓުތަކުގައިވެއެވެ.
މި މައްސަލަ ދަށުކޯޓުން ނިންމިގޮތާމެދު ހިތްހަމަނުޖެހޭތީ ދައުލަތުން ވަނީ ހައިކޯޓަށް މި މައްސަލަ ހުށަހަޅާފައެވެ. ދައުލަތުން ބުނާގޮތުން ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތްކަމަށް ތިނަދޫ ކޯޓުން ނިންމި ނަމަވެސް އީސިނގިރޭޓަކީ ގާނޫނީގޮތުން މަނާކުރެވިފައިވާ އެއްޗެއްކަމަށްވުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އަދި މި ތުހުމަތު އަމާޒުވަނީ ފުލުހެއްގެ ވަޒީފާ އަދާކުރުމަށްޓަކައި އެ މަސްއޫލިއްޔަތުގެ ހުވާ ކޮށްގެން ހުރި މީހެއްގެ މައްޗަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެ އެކަމާއި ގުޅިގެން ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ފަނޑިޔާރުން އޭނާއާ ސުވާލު ކުރުމުން ވަނީ، އޭނާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވި ކަމަށާއި ނަމަވެސް، އޭނާ ހުވާ ކޮށްފައި ނުވާނެކަމަށް ބުނެފައެވެ. ސާޖިދު ބުނީ، ހުވާ ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭތީ މަގާމުގެ ހުވާ ލައިދިންއިރު ހުވާ ނުކިޔާ ކަމަށާއި އެއްޗެއް ނުކިޔާ ހުރީކަމަށެވެ.
ސާޖިދު އެހެން ބުނުމުން ފަނޑިޔާރުންވަނީ ދެން ހުވާ ނުކޮށް މަގާމުގައި ހުރިންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ސާޖިދުވަނީ މަގާމުގައި 1 މަހާއި ދުވަސްކޮޅެއް ހޭދަކުރި ކަމަށާއި އެ ދުވަސްތަކަށް މުސާރަވެސް ލިބުނުކަމަށް ބުނެފައެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ، ރަސްމީ ގޮތެއްގައި ބޭއްވި ރަސްމިއްޔާތަކަށް ގާނޫނީގޮތުން ކުރަންޖެހޭ ހުވައެއް ކުރުމުގެ ގޮތުން ހާޒިރުވި މީހަކު އެތައް ދުވަހެއް ވަންދެން ވަޒީފާ އަދާކުރުމަށްފަހު ރަސްމިއްޔާތުގައި ބައިވެރިވިނަމަވެސް ހުވާ ނުކުރާކަމަށް ބުނުން ގަބޫލު ނުކުރެވޭކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު