އަހުމަދު މަސްނޫމް   9 އޯގަސްޓު 2025 - 21:21
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، މިހާރު ފުރާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެެވެ.

މޯލްޑިވިއަނުން މީގެ ކުރިން ބުނީ އުމްރާވެރިންނާކު ސައުދީން ރާއްޖެއަށް އައުމަށް ފުރަން އޮތް ފްލައިޓް ޑިލޭ ވެފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން މިއަދު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އައުމަށްޓަކައި ސައުދީ ގަޑިން 15:45 ގައި ފުރުމަށް ހަމަޖެހިފައިވާ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ފުރުން ލަސްވި ފްލައިޓްގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

އަދި އެ ފްލައިޓް މިއަދު ސައުދީ ގަޑިން 18:30 ގައި ފުރާފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހުރިހާ އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު