ރޭ ބޭއްވި ހަފްލާގެ ތެރެއިން
ރޭ ބޭއްވި ހަފްލާގެ ތެރެއިން
ފާއިތުވި 15 އަހަރުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް އެންމެ ގިނައިން ޓެކްސް ފައިސާ ދައްކާފައިވާ ކުންފުނިތަކަށް އެވޯޑު ދީފިއެވެ.

"ރަން ފަނަރަ" އެވޯޑުގެ ނަމުގައި މި އެވޯޑު ހަވާލުކޮށްފައިވަނީ މީރާގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޖުމުލަ 15 ފަރާތަކަށް މި އެވޯޑު ހަވާލުކޮށްފައިވެއެވެ. ހުރިހާ އެވޯޑެއްވެސް ހަވާލު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުނީގެ ގޮތުގައި އެވޯޑު ދީފަިއިވާ ތަންތަން؛

– ބޭންކް އޮފް މޯލްޑިވްސް

– ދިރާގު

– އައި އެންޑް ޓީ މެނޭޖްމަންޓް

– އިތާފުށި އިންވެސްޓްމެންޓް

– ކާސާ ހޯލްޑިންގްސް

– ކުރެއްދޫ ހޯލްޑިންގްސް

– މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)

– އުރީދޫ މޯލްޑިވްސް

– ގަތަރު އެއާވޭސް

– ރީތި ރަށް ރިސޯޓް

– ސްޓޭޓް ބޭންކް އޮފް އިންޑިއާ

– އެސްޓީއޯ

– ޓީއެމްއޭ

– ޔުނިވާސަލް އެންޓަޕްރައިސަސް،

– ވިލާ ޝިޕިން އެންޑް ޓްރޭޑިން

މި އެވޯޑް ދީފައިވަނީ 1 ޖަނަވަރީ 2011 އިން 30 ޖޫން 2025 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކާފައިވާ ކުންފުނިތަކަށެވެ.

މި ރަސްމިއްޔާތުގައި މީރާއިން ބުނެފައިވަނީ މިފަދަ އެވޯޑެއް ދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު