ކޮރަޕްޝަން ހުއްޓުވޭނީ ވަގުތުން ފިޔަވަޅު އަޅައިގެން ކަމަށާއި، ފަހާދުވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާއި ގުޅޭ ހާއްސަ އޮޑިޓް 2018-2020، މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ހުށަހެޅި އެރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ 69 މެންބަރުން ވޯޓާއެކު އެވެ. ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މިއަދުގެ މަޖިލީހުގެ ތަޅުމުގައި ޑރ. ޝަމްހީދު ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން، ފަސް އަހަރަކުން ކޮރަޕްޝަންގެ މައްސަލަތައް ބަލައިގެން އެކަމަށް ހައްލު ނުލިބޭނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ މިފަދަ މުއާމަލާތްތައް މީގެ ކުރިންވެސް ބައެއް ކުންފުނިތަކުން ހިނގާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
“ފަސް އަހަރުން، ފަސް އަހަރުން ފަހަތުން، މިދިޔަ ފަސް އަހަރު ހިންގި ކޮރަޕްޝަން މިއަދު ބަލަން، އަިދ މި ފަސް އަހަރު ހިންގި ކަންކަން 2028 ގެ ފަހުން ބަލަން، މިހެން މިގޮތަށް މިކަން ކޮށްގެން ކޮރަޕްޝަނެއް މި ދިވެހިރާއްޖެއަކުން ނުހުއްޓޭނެ.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.
އޭގެއިތުރުން ހުޅުމާލޭގައި އެންސިސް ކުންފުނިން ހުޅުވާފައިވާ ކޭނަރީ، މިފްކޯގެ ދަށަށް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ވަކި ބަޔަކަށް މަންފާވާ ގޮޮތަށް ކުރަށްވާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރަށްވާތީ އެކަން ބެލުމަށް ޑރ ޝަމްހީދު ގޮވާލެއްވިއެވެ.
“ފެކްޓްރީގެ މަސައްކަތް ކުރިއިރު އެބަ ބުނޭ 15 މިލިއަން ޑޮލަރޭ މިތަނުގެ އަގަކީ. މިހާރު އެބަ ބުނޭ 25. ވިއްކާ އަގަކީ 40 މިލިއަން ޑޮލަރޭ ވެސް އެބަކިޔާ. ކޮންމެވެސް އެއްބަޔަކު އެބަޖެހޭ މިނިވަންކަމާއެކު މިކަން އޮޑިޓު ކުރަން.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.
އަދި ކޭނަރީ ގަތުމުގެ ކުރިން މިނިވަން އޮޑިޓެއް ހަދައި އެތަނުގެ އަގުމަގު ކުރުމަށް ޑރ.ޝަމްހީދު މިއަދު ހުށައެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު