އދ. އަތޮޅުގައި ހިންގަމުން އަންނަ، އެންއެޗް މޯލްޑިވްސް ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާ ތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ޓީމެއް އެ ރަށަށް މިސްރާބު ޖަހައިފައި ވާކަމަށާއި، އެ ރިސޯޓުގެ ފަޔަރ ޓީމުން މިހާރު ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވަމުން ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރުއެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ ޓީމު މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ، ވޯޓާ ވިލާތަކުގައި ރޯވެފައިވާ އަލިފާންގަނޑު ވަރަށް ފެތުރި، އަނދަމުންދާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު