އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު
ޔޫކްރެއިން ގައި ސުލްހަ ޤާއިމު ކުރުމަށް ހުރަސް އަޅުއްވައިފި ނަމަ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަށް ހަރުކަށި ފިޔަވަޅުތަކެއް ކުރޮމަތިކުރުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޕޫޓިން އާ ދެކޮޅަށް އަޅުއްވާނެ ފިޔަވަޅުތައް ބަޔާން ކޮށްފައި ނުވިނަމަވެސް، އެލާސްކާގައި ޓްރަމްޕް އާއި ރައީސް ޕޫޓިންއާ ދެމެދު ބޭއްވޭ ބައްދަލުވުމުން ރަނގަޅު ނަތީޖާއެއް ނުނިކުމެއްޖެ ނަމަ އިޤްތިޞާދީ ގޮތުން ފިއްތުތަކެއް ކުރިމަތިކުރަން ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ޓްރަމްޕު ވަނީ ދެއްވާފައެވެ.

ޓްރަމްޕު އިތުރަށް ވިދާޅުވީ އެލާސްކާގައި ބާއްވާ ބައްދަލުވުމުގެ މަގްސަދަކީ އަވަސް ފޮލޯއަޕް ބައްދަލުވުމަކަށް "ތައްޔާރުވުން" ކަމަށާއި، އެ ބައްދަލުވުން ރަނގަޅަށް ކުރިއަށްގޮސްފިނަމަ، ދެވަނަ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި ފުރަތަމަ ބައްދަލުވުމުގައި ޒެލެންސްކީވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

ޓްރަމްޕު ވަނީ ހުކުރު ދުވަހުގެ ބައްދަލުވުމަށްފަހު ހަނގުރާމަ ހުއްޓާލުމަށް ޕޫޓިން އެއްބަސް ނުވެއްޖެ ނަމަ ރަޝިޔާ އަށް ވަރަށް ހަރުކަށި ނަތީޖާތަކެއް ކުރިމަތި ވާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު