ފޮޓޯ: ހަތާވީސް
ފޮޓޯ: ހަތާވީސް
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފ. މަގޫދޫއަށް ވަޑައިގެންފިއެވެ.

މިއަދު ޞާލިޙް މަގޫދޫއަށް ވަޑައިގެންނެވީ އެ ރަށު ކައުންސިލްގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެންނެވުމުން ރައީސް ޞާލިޙަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔަން ނުކުމެފައެވެ.

މި ދަތުރުފުޅުގައި މަގޫދޫގެ ބަނދަރު މަތީ ކައުންސިލުން ހަދާފައިވާ ދަތުރުވެރިންގެ ހިޔާ އާއި، ރަސްމީ ފާލަން އަދި ޓްރެކު ރަސްމީކޮށް ހުޅުވައިދެއްވަން ވަނީ ހަމަޖެހިފައެވެ.

މަގޫދޫއަށް ރައީސް ޞާލިޙު ކުރައްވާ މި ދަތުރުފުގައި އެމަނިކުފާނުގެ އަރިހުގައި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން، އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މަގޫދޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެ ރަށުގެ ފަސް ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރުންނަކީ އެމްޑީޕީގެ ކައުންސިލަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު