ދެން އުފެދިގެން ދާނީ އެމްޑީޕީ ސަރުކާރެއް ކަމަށާއި އެ ސަރުކާރުގައި ކައުންސިލްތަކަށް އިތުރު ބާރުތައް ލިބިދެވޭނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ ފ. މަގޫދޫ ކައުންސިލްގެ ދައުވަތަކަށް އާދިއްތަ ދުވަހު އެ ރަށަށް ވަޑައިގެން އެ ރަށު ކައުންސިލުން ތަރައްގީ ކޮށްފައިވާ ބައެއް ބިނާތައް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކު ވެރިކަަމަށް އަންނަ ކޮންމެ ފަހަރަކު، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަކަމަށާއި އެކަންކުރަނީ ކައުންސިލްތަކަށް ބާރުވެރިކަން ދޫކޮށްލަން ބޭނުން ނުވާތީކަމަށެވެ.
އަދި މި ސަރުކާރުން ގާނޫނަށް ބަދަލު ގެނައިނަމަވެސް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އަނެއްކާ ވެސް ކައުންސިލްތަކަަށް އިހު އޮތް ބާރުވެރިކަން ދޭނެކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ޞާލިޙް އިތުރަށް ވިދާޅުވީ، ރަށް ރަށުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަކީ އެންމެ އަސާސީ ހިދުމަތްތައްކަމަށް ދެކި އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް އެކަންކަމަށް ދީފައިވާނޭކަމަށެވެ.
ނަމަވެސް، މިއަދުގެ ސަރުކާރުން ރަށް ރަށުގައި ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވިއެވެ.
އަދި ރައްޔިތުން ހާލުގައި ޖެއްސުމަށް ފަހު ސަރުކާރުން ބޭނުން ވަނީ މަދު ފައިސާ ކޮޅެއް ދީގެން ރައްޔިތުން އަޅުވެތި ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެކަން ފެނިގެން ދާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު