މަރްޔަމް ނަހްދާ ވަޙީދު   19 އޯގަސްޓު 2025 - 15:25
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަނީ-
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަނީ-
މިި އަހަރުގެ މެއި ޖޫންގައި ބޭއްވި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ މިއަދުގެ މެންދުރުފަހު 13:00 އިން ފެށިގެން އިމްތިހާނުގެ ނަތީޖާ ލިބޭނެ ކަމަށެވެ.

އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެ ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 ޑީޕީއީން ދޫކުރާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުންކަމަށާއި ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހޭނެކަމަށްވެސް ޑީޕީއީ އިން ވަނީ ބުނެފައެވެ.

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8362 ދަރިވަރަކު ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް