ސްޓެލްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ މޯލްޑިވިއަން ބްލަޑް ޑޯނާސްއާ ގުޅިގެން ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމްގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެހެންކަމުން މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކުރެއެވެ.

ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު ވެސް މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް އެކި ދުވަސްމަތިން ބާއްވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު