މާލޭ މަސް މާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފަށާފައިވާކަން މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި، ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ތަންތަނުގެ ތެރެއިން، ކައުންސިލްގެ އެންގުން މިހާރު ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން ހިންގަނީ ނުވަތަ ބޭނުންކުރަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާ ނަމަ، އެ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ލިޔުމަކާ އެކު ހުށަހަޅަން ކައުންސިލުން ވަނީ އެދިފައެވެ.
އެ މުއްދަތުގެ ތެރޭގައި ލިޔުން ހުށަނާޅައިފި ނަމަ، އެ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމަށް ބަލައި، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އަދި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާ އިރު އެ ތަނެއްގައި ބަހައްޓާފައި ހުރި ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކުނީގެ ގޮތުގައި އެ ތަކެތި ނައްތާލާނެ ކަމަށް ވެސް ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު