ރާއްޖެއަށް މިގެންނަނީ ރަތާއި ފެއްސާއި ހުދުގެ ވަރުގަދަ އިންޤިލާބެއް ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ފްރަންޓް ޕާޓީން މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ވާހަކައާއި މިހާރު ޢަމަލު ކުރަމުންދާ ގޮތް ދިމާނުވާ ކަމަށެވެ. އެގޮތަށް އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ، އަތޮޅު ކައުންސިލްތައް ފަދަ އިދާރާތައް އުވާލަން ވާނީ ވެރިކަމަށް އައުމަށް ކުރާ ކެމްޕޭނުގައި އެކަމަށް ވަކާލާތު ކުރުމަށްފަހު އެފަދަ މޭންޑޭޓެއް ރައްޔިތުން ޙަވާލު ކުރުމުން ކަމަށެވެ. އެހެންކަމުން މި ސަރުކާރަށް އެ ބާރުވެރިކަން ރައްޔިތުން ދީފައި ނުވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
އޭގެއިތުރުން ޑރ. ޖަމީލް މިރޭ ވިދާޅުވީ، ޕީއެންއެފް އިން ރާއްޖެއަށް ގެންނަނީ ރަތާއި ފެއްސާއި ހުދުގެ ވަރުގަދަ އިންޤިލާބެއް ކަމަށެވެ. އަދި މީޑިއާތަކަށް ދަތިކުރަން މިސަރުކާރަށް ފުރުސަތު ނާރުވާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ޕީއެންއެފްއިން މިރޭ ބާއްވަމުންދާ ޖަލްސާގައި ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. މި ޖަލްސާގައި ރައީސް ޔާމީންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު