ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރާތީ މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގެ މޭޖަރ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 6:00 އިން 10:00 އަށް އެ އިންޖީނުގެ ނިއްވާލަން ނިންމާފައިވާކަމަށެވެ.
އެ ވަގުތުގައި ކަރަންޓް ކަނޑާލިނަމަވެސް، ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިންމު ހިދުމަތް ދޭ މުއައްސަސާތައް ނުވަތަ ”ކްރިޓިކަލް އިންފްރާސްޓްރަކްޗަރ“ އަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އޭގެ އިތުރުން ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުރާލާ އަންގަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި މި މަސައްކަތް ތާވަލު ކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީ އެންމެ އަވަހަކަށް އާންމު ހާލަތަށް ކަރަންޓުގެ ހިދުމަތް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު